ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މަގުމައްޗަށް ނުކުތީ އެހެން ގޮތެއްނެތިގެން: މީކާއީލް
ޚަބަރު

މަގުމައްޗަށް ނުކުތީ އެހެން ގޮތެއްނެތިގެން: މީކާއީލް

މމުހައްމަދު އަލީ1 ފެބްރުއަރީ 2025
އެމްޑީޕީން އިސްނަގައިގެން ރައްޔިތުން މަގުމައްޗަށް ނުކުތީ އެހެން އެއްވެސް ގޮތެއްނެތިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ. "ފުދިއްޖެ-ފުނޑިއްޖެ" ސުލްހަވެރި ހިނގާލުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަގުމައްޗަށް ނުނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށެވެ. މަޖިލިސް ތެރެއިން ވެސް އެކަން ކުރެވޭތޯ ބެއްލެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ކާމިޔާބު ނުވިކަމަށާއި ސަރުކާރުން ދިނީ ބީރުކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިރޭގެ ހިނގާލުމަށް ނުކުންނެވި އެންމެ ބޮޑު އެއްބޭނުމަކީ މާލޭ ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ އެއްވުމަކުން އަދި ހިނގާލުމަކުން މިސަރުކާރަށް އަޑު އިވޭނޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މިއީ ބީރު މަންމަން، ކަނު ސަރުކާރެއް. އެހެންވީމާ ސަރުކާރުން އަޑުއަހާނޭ ކަމަށް ނުބެލެވޭ. އެހެނަސް ކޮންމެވެސް އެއްޗެއްކޭޔާފައި އަނދުނެއް އަޅުވަން ކަމެއް ނިންމަފާނެ. އެހެން ކަމެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު