ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ރައްޔިތުން މާގިނަ ފުރުސަތެއް ސަރުކާރަކަށް ނުދޭނެ: އަމީން
ޚަބަރު

ރައްޔިތުން މާގިނަ ފުރުސަތެއް ސަރުކާރަކަށް ނުދޭނެ: އަމީން

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
ކަންކަން ރަނގަޅުކޮށް އިސްލާހު ކުރަން ރައްޔިތުން މާގިނަ ފުރުސަތުތަކެއް ސަރުކާރަށް ނުދޭނޭ ކަމަށް ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު އަމީލް ފައިސަލް ވިދާޅުވެއްޖެއެވެ. މިހާރުކުރިއަށް "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެއްހަރުގެ ފުރުސަތެއް ސަރުކަރަށް ދެވިއްޖެ ކަމަށެވެ. އެ ފުރުސަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ބަޖެޓު ހައްދަވައިގެން ފާސްކުރައްވައިގެން ތަރައްގީގެ މަޝްރޫއުތައް ނުހުއްޓައި ކުރިއަށް ގެންދަވާނޭ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ކަންކަންވަމުންދަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. މާސިންގާ ބިޔަ ބަޖެޓެއް ހުސްކޮށްލީ ރަށްރަށުގައި އެއްވެސް ކަމެއްނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކަމެއް ނުކުރައްވައި ފަންސާސް ފަސް ބިލިއަން ރުފިޔާއަށް ހެއްދެވި ގޮތެއްވެސް ވިދާޅުވެ ނުދެއްވުނު ކަމަށް އަމީން ވިދާޅުވިއެވެ. މިއަހަރަށް ވެސް ވަނީ ބޮޑު ބަޖެޓެއް ފާސްކޮށްފައި ކަމަށާއި އެހެންނަމަވެސް ތަރައްގީގެ އެއްވެސް ކަމެއް ހިނގާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިކަންކަން ހަމައަކަށް ނާޅުވައިފިކަމަށްވާނަމަ މިއަށްވުރެ ވަރުގަދައަށް މުޒާހަރާ ކުރާނޭ ކަމަށެވެ. ސަރުކާރަށް އެއް އަހަރު  ދުވަސްދިނީ ކުރާނޭކަމެއް ހަދާނޭ ގޮތެއްނޭނގިގެން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު