ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މަގުމައްޗަށް ނުނިކުމެ ސަރުކާރަށް އަޑެއް ނީއްވުނު: ފައްޔާޒު
ޚަބަރު

މަގުމައްޗަށް ނުނިކުމެ ސަރުކާރަށް އަޑެއް ނީއްވުނު: ފައްޔާޒު

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
މަގުމައްޗަށް ނުނިކުމެ ސަރުކާރަށް އަޑު ނީއްވުނު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ހިނގާލުމުގައި އޭނާވިދާޅުވީ މަގުމައްޗަށް ނުނިކުމެ ސަރުކާރަށް އަޑުއިއްވަން އެކި ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެހެންނަމަވެސް މިނޫން ގޮތަކަށް ސަރުކާރަށް އަޑުނީވުނު ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ކަމުން މިރޭގެ މި ހިނގާލުމުގެ ބޭނުމަކީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު އޮތް ހިތްހަމަ ނުޖެހުން ސަރުކާރަށް އިއްވުން ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ރައްޔިތުންގެ ކަންކަމުގައި ގާނޫނާ ޚިލާފަށް ކުރަމުންދާ ކަންކަމާ ބެހޭގޮތުން ޝުއޫރު ފާޅު ކުރުމަކީ ވެސް މިރޭގެ ބޭނުމެއް ކަމަށް ވިދާޅުވިއެވެ. "މިނޫން ގޮތަކަށް ސަރުކާރަށް އަޑެއްނީވޭނެ. އެކިގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތްކޮށްފިން އަޑެއްނޭހި،" ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިހަރަކާތްކުރިއަށްދާނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު