ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އަޅުގަނޑުމެންގެ ވަރަ ކޮށައެއް ނުލެވޭނެ: ސަލީމް
ޚަބަރު

އަޅުގަނޑުމެންގެ ވަރަ ކޮށައެއް ނުލެވޭނެ: ސަލީމް

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ވަރަ ކޮށާލެވުނަސް އެމްޑީޕީއާއި އެޕާޓީގެ މެންބަރުންގެ ވަރަ ކޮށައެއް ނުލެވޭނޭ ކަމަށް ހޯރަފުށީދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިހާރު ކުރިއަށްގެންދާ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީން ފަތަން ބޭނުންވީމާ ފަތާނޭ ކަމަށެވެ. އުދުހެން ބޭނުންވީމާ އުދުހޭނޭ ކަމަށެވެ. މުޒާހަރާކުރަން ބޭނުންވީމާ ކުރާނޭ ކަމަށެވެ. އެޕާޓީއެއް ނުހުއްޓުވޭނޭ ކަމާށާއި ވަރަ ވެސް ކޮށައެއް ނުލެވޭނޭ ކަމަށެވެ. އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހުނީ ނުނިކުމެ ކަންކަން ހައްލު ކުރުމަށް ކުރިމަސައްކަތް ނާކާމިޔާބު ވުމުން ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީން ދެން ގެއަށް ވަންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު