ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކުރަން އަންގައިފި
ޚަބަރު

ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކުރަން އަންގައިފި

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
އެ އިއުލާން ބާތިލް ކުރަން އަންގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ތިނާދޫ ސިޓީގެ މޭޔަރު ސައުދު އަލީއަަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސަރުކާރުން، ހައުސިން ޔުނިޓްތައް އިމާރާތް ކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި، އެކަންކަން ވިލަރެސް ކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީގެ މެއިންޑޭޓްގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލު ކުރަމުންދަނީ އެ މިނިސްޓްރީން އެންޑޯޒްކޮށް ހުއްްދަދޭ އުސޫލަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. "ތިނަތޫގައި އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓް ތަކަކީ މިނިސްޓްރީގެ ދަށުން އިމާރާތްކުރަމުންދާ ޔުނިޓް ތަކަކަށްވެފައި، އެ ޔުނިޓްތައް ދޫކުރަން އިއުލާން ކުރުމުގެ ކުރިން އެތަންތަން ދެވޭނެ އުސޫލު ފައިނަލް ކުރުމާއި، އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަންވާނީ މި މިނިސްޓްރީގެ އިރުޝާދުގެ ދަށުން،" ނަމަވެސް ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް މިދިޔަ ޖެނުއައީމަހުގެ 29 ގައި ކައުސިލުން ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމަށް އިއުލާން ކޮށްފައި ވަނީ މި މިނިސްޓްރީގެ ހުއްދައެއްނެތިކަމަށްވެސް ބުނެފައިވެއެވެ. "ވީމާ އެ އިއުލާން ބާތިލް ކުރުމަށް އަންގަމެވެ، އަދި ދިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ހޯދުމަށް އިއުލާން ކުރުމަށް ބޭނުންވާ އުސޫލު އެންޑޯޒް ކުރުމަށް މި މިނިސްޓްރީ އަށް ފޮނުވުމަށް ދަންނަވަމެވެ، އަދި މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައުސިން ޔުނިޓްތައް ހަވާލު ކުރުމާގުޅޭ މަސައްކަތް ކުރިއަށް ގެންދިއުމަށްއެދެމެވެ،" ޑީޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ.

ގުޅުންހުރި ޚަބަރު