ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
އިންޑިއާގެ ބަޖެޓްގައި ރާއްޖެއަށް 69 މިލިޔަން ޑޮލަރު ހިމަނައިފި
ޚަބަރު

އިންޑިއާގެ ބަޖެޓްގައި ރާއްޖެއަށް 69 މިލިޔަން ޑޮލަރު ހިމަނައިފި

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދޭން އެގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ. ކޮންމެ އަހަރެއްގެ އެޕްރީލުން އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އިންޑިއާގެ މާލީ އަހަރު ގުނާއިރު، އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން މިއަދު 2025 އިމް 2026 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ ބަޖެޓްގައި އެހީގެ ގޮތުގައި ރާއްޖެއަށް 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ވަނީ ކަނޑައަޅައިފައެވެ. މިދިޔަ އަހަރު ގެ ބަޖެޓުގައި އިންޑިއާއިން އެންމެ ފުރަތަމަ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 72 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ. ނަމަވެސް އެ އަހަރަށް ބަޖެޓްގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ. އެއީ ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

ގުޅުންހުރި ޚަބަރު