ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފެނަކައިން ދޭންޖެހޭ ދެލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި
ޚަބަރު

ފެނަކައިން ދޭންޖެހޭ ދެލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

އއަހުމަދު މުހައްމަދު2 ފެބްރުއަރީ 2025
ގާނޫނާހިލާފަށް ފެނަކައިގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒިފާ ދިނުމަށްފަހު ދޭންޖެހޭ 469،400 ރުފިޔާގެ ތެރެއިން، ނުދީއޮތް 234،294 ރުފިޔާ މިމަހު 26 ގެ ކުރިން ދިނުމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައަކީ ފެނަކައިގަ އަދާކުރަމުންދިޔަ ޓެކްނީޝަންގެ މަގާމުން. ތިނެއް ޑިސެމްބަރު 2019 ގައި، ވަކި ކުރުމުން ލ.ގަން ތުނޑި ކުދިރަތްމާގެ މުހައްމަދު ފިރުޝާން ފެނަކައާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. ތޭވީސް އޮކްޓޫބަރު 2012 ގައި އައްޔަންކުރި، ޓެކްނީޝަންގެ މަގާމުން އޭނާ ވަކކިކުރި މައްސަލަ ޓްރައި ބިއުނަލަށް ހުށަހެޅީ، ފެނަކައިގެ މުވައްޒިފުންގެ ގަވާއިދާހިލާފަށް އެ މަގާމު އުވާކައިގެން ކަމަށްބުނެއެވެ. އެހެންކަމުން ޓްރައިބިއުނަލް ގައި އޭނާ އެދުނީ، ވަޒީފާއިން ވަކިކުރީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަނބުރާ އިއާދަކޮށްދީލ ވަޒީފާއަށް އިއާދަކޮށްދޭ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ. މި މައްސަލައާބެހޭގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ރިޑަންޑަންސީގެ ހާލަތުގައި މުވައްޒިފަކު ވަޒީފާއިން ވަކި ކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ކަމަށް ބުރަވެވޭ ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކި ކުރުމުގެކުރިން އޭނާހުރި ވަޒީފާއަށް ރުޖޫއަ ކުރުމަށާއި، އޭނާއަކީ އެތަނުގެ ވަޒީފާއިން ވަކި ކޮށްފައިވާ މުވައްޒިފެއްކަމަށް ނުބެލުމަށްވެސް ވަނީ އަންގައިފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުންފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، ވަޒީފާއިން އޭނާ ވަކިކުރިއިރު އަދާކުރަމުންދިޔަ މަގާމުގެ މުސާރަ އާއި އިނާއަތްތަކަށްވާ ފައިސާ، އެ މައްސަލަ ޓްރައިބިއުނަލުން ނިންމި ތާރީހު ކަމަށްވާ، 21 ފެބްރުއަރީ 2022 ވަނަ ދުވަހުން ފެށިގެން 21 ދުހުގެ ތެރޭގައި ފިރުޝާނަށް އެކީ އެއްފަހަރާ ދިނުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކުރިއެވެ. އެ އަމުރާ އެއްގޮތަށް ފެނަކައިން ވަޒީފާ ދިން ނަމަވެސް، ދައްކަންޖެހޭ، 469،400 ރުފިޔާގެ ތެެރެއިން 235،105 ރުފިޔާ ނުދައްކައިގެން، އެ މައްސަލައިގެ، ހުކުމް ތަންޒީނު ކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ، ފެނަކައިން ދައްކަންޖެހޭ 469،400 ރުފިޔާގެ ތެރެއިން ނުދައްކައިއޮތް، 234،294 ރުފިޔާ މިމަހުގެ 26 ގެކުރިން ދައްކައި ހަލާސްކުރުމަށެވެ.

ގުޅުންހުރި ޚަބަރު