ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާޓީއެއް ރަޖިސްޓްރީ ކުރުމުގައި ބަލަންވީ ސިޔާސީ ފިކުރަށް: ފައްޔާޒު
ޚަބަރު

ޕާޓީއެއް ރަޖިސްޓްރީ ކުރުމުގައި ބަލަންވީ ސިޔާސީ ފިކުރަށް: ފައްޔާޒު

މމުހައްމަދު އަލީ2 ފެބްރުއަރީ 2025
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައި ބަލަންވީ ޕާޓީގައިތިބި މީހުންގެ އަދަދަކަށް ނޫންކަމަށާއި ބަލަންވީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގައި ފައްޔާޒު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ "ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައިވެސް އެ ޕާޓީއެއްގައި ތިބޭ މެންބަރުންގެ އަދަދަށް ބަލާނޭކަމެއް ނެތެވެ. ޕާޓީއަކަށް ވުމުގެ ޝަރުތަކަށް ވާންވާނީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުމެވެ." ފައްޔާޒު ވިދާޅުވެފައިވަނީ ގިނަސިޔާސީ ޕާޓީތައް އޮތުމުން ލިބޭ ފައިދާއާއި ގެއްލުމަކީ ބަސްހުސް ކުރެވިދާނޭ ކަމެއް ކަމަށެވެ. އެހެންމަވެސް ގެއްލުމަށްވުރެ ފައިދާ ބޮޑުކަމަށްވާނަމަ އެފައިދާއެއް ނެގުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. "ގިނަ ސިޔާސީ ޕާޓީ އޮތުމުގެ އެންމެ ބޮޑު ފައިދާއަކީ ސަރުކާރު ޖަވާބުދާރީކުރެވުމާއި، ޑިކްޓޭޓަރޝިޕަކަށް ޖާގަ ނުދިނުމެވެ. ފެންނާންހުރި ކުދިކުދި ގެއްލުންތަކާ އަޅާބަލާއިރު މިއީ ލިބޭ މާބޮޑު ފައިދާއެކެވެ." ސިޔާސީ ޕާޓީތަކަށް ދައުލަތުން ޚަރަދު ކުރުމަކީ ވެސް އެންމެ ރަނގަޅުކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ބޭނުމެއް ކަމަށް ފައްޔާޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ ހައްގުތަކާއި ބާރުވެރިކަން ހިފެހެއްޓޭނޭ ކަން ކަށަވަރުމެވެ. ފައީސާ ދިނުމުގައި ވެސް ބަލަންވީ މެންބަރުންގެ އަދަދަށް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި ބަލާނީ "ގައުމީ އިންތިހާބުތަކުގައި ޕާޓީތަކަށް ގޮނޑިއާއި، ވޯޓު ލިބޭ ނިސްބަތަށެވެ. އެހެން ހެދީމާ، އެ ފައިސާ ލިބޭނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި، އަދި މީހުން ބަލައިގަންނަ ޕާޓީތަކަށް އެކަންޏެވެ. ޕާޓީގެ މެންބަރުންގެ އަދަދު ކިތަންމެ މަދުނަމަވެސް، އެ ޕާޓީއިން ހުށަހަޅާ ސިޔާސަތުތަކާއި، އެ ޕާޓީގެ މަސައްކަތް ރައްޔިތުން ބަލައިގަންނަނަމަ، އެ ޕާޓީއަށް ގައުމީ އިންތިހާބުތަކުގައި ކާމިޔާބީ ލިބޭނެ އެވެ. އެފަދަ ޕާޓީތައް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހޭދަކުރުން އެންމެ ރަނގަޅެވެ."  

ގުޅުންހުރި ޚަބަރު