ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފި
ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފި

މމުހައްމަދު އަލީ3 ފެބްރުއަރީ 2025
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފަށްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ. ހާހެއްހައި ދަރިވަރުން ބައިވެރިވި މި ދެ މުބާރާތް ކުރިޔަށް ދަނީ 6 ޢުމުރުފުރާއަކަށް ބަހައިގެންނެވެ. ޤުރުއާން މުބާރާތުގެ ކިޔެވުން މި ހިނގާ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމަށް ކުރިޔަށް ދާނެ ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މަދަޙަ މުބާރާތް ކުރިޔަށް ދާނީ، ފެބުރުއަރީ މަހު 9 އިން 13 އަށެވެ. މި ދެ މުބާރާތް ވެސް ކުރިޔަށް ދަނީ ކިންގް ސަލްމާން މިސްކިތުގެ ހޯލުގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މުބާރާތުގެ ރެކޯޑިން 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓީވީން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ވެސް ދައްކާނެއެވެ. މި މުބާރާތް ފަށައިފައިވަނީ މިއަދު ކިންގް ސަލްމާން މިސްކިތުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ ކައުންސިލަރުންނާއި ޑަބްލިޔު ޑީސީގެ މެމްބަރުންނާއި މާލެ ސިޓީ ކައުންސިލުގެ ވެރިންނާއި މުއައްޒަފުންނާއި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ބައިވެރިވިއެވެ. މުބާރާތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވަނީ، ކީރިތި ޤުރުއާން އުންގެނުމާއި އުނގަންނައި ދިނުމުގެ މުހިއްމުކަމާއި އަދި އެކަމުން ލިބޭ ދަރުމައާއި ސަވާބުގެ މައްޗަށް ބައްލަވައިލައްވާފައެވެ. މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި، ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމުކީ، ޤަދީމީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި އޮތް ޘަޤާފަތެއް ކަމަށާއި މި ގޮތުން ކޮންމެ ރެއެއްގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ޤުރުއާން ކިޔެވުމަށް، އޭރު  ޚާއްޞަކުރާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ އާދަ އެ ގޮތުގައި ދެމެހެއްޓުމަށް މޭޔަރ އިލްތިމާސް ކުރެއްވި ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު