ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ކޭފޭއެއްގައި މާރާމާރީއެއް، ބިދޭސީއަކަށް ފަރުވާދޭން ފަށައިފި
ޚަބަރު

ކޭފޭއެއްގައި މާރާމާރީއެއް، ބިދޭސީއަކަށް ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީ4 ފެބްރުއަރީ 2025
މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި މިއަދު ހިނގި މާރާމާރީއެއްގައި އަނިޔާވި ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ ބިދޭސީ ދެ މީހެއްގެ ދެމެދުގައި ކަމަށެވެ. އެހެންނަމަވެސް މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބޭވަރަކުން ހާމަކުރަމުންދާނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމާރާމާރީގެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ބާރަގަޑި ދިހައެއް އެހައިކަންހާއިރު އެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު