ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ހިމަންދޫން ޣައްޒާއަށް ދެލަކައަށްވުރެ ގިނަރުފިޔާ
ޚަބަރު

ހިމަންދޫން ޣައްޒާއަށް ދެލަކައަށްވުރެ ގިނަރުފިޔާ

މމުހައްމަދު އަލީ5 ފެބްރުއަރީ 2025
އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތަކުން ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ އެއްކޮށްފިއެވެ. މީގެ ތެރެއިން އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ. މިއީ އިންޖީނުގޭގެ އިސްނެގުމުގެ މަތީން އެރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތައް ގުޅިގެން ބޭއްވި ހަރަކާތެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ-ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގި މިހަރަކާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިފަދަ އިޖްތިމާއީ ޚިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވާ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. އަދި އެފަރާތްތަކަށް ކުންފުނީން ވަނީ ޝުކުރު އަދާކޮށްފައެވެ.  

ގުޅުންހުރި ޚަބަރު