ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
"އޮޕަރޭޝަން ކުރަނގި" ރެހެންދި ސްކޫލުގައި
ޚަބަރު

"އޮޕަރޭޝަން ކުރަނގި" ރެހެންދި ސްކޫލުގައި

މމުހައްމަދު އަލީ5 ފެބްރުއަރީ 2025
އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގައި ކުރިއަށްގެންދަން ނިންމައިފިއެވެ. މިއީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ "އޮޕަރޭޝަން ކުރަނގި" ދަށުން ބާއްވާ ހަރަކާތެކެވެ. ރެހެންދި ސްކޫލް ހޯލްގައި މިއަދު ހަވީރު ހަތަރަކުން މިރޭ އެގާރައަށް ބާއްވާ ހަރަކާތަކީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބަޔޯމެޓްރިކްސް ނެގުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް މިސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން އެންގީ މިމަހުގެ ދެވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. ރައީސް ޑރ. މުއިއްޒުގެ ވައުދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ދާއިމަށް ހައްލު ކުރުމެވެ. މިކަމަށް ތިން އަހަރުގެ ޕްލޭނެއް އެކުލަވާލައިފައިވެއެވެ. މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހު ކާމިޔާބުކަމާއެކު ނިންމާލެވޭނޭ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މުޅި އޮޕަރޭޝަންގައި ޖެނުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.  

ގުޅުންހުރި ޚަބަރު