ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
"މަގުތައް ބަންދުކުރިޔަސް މާދަމާ ނިކުންނާނަން"
ޚަބަރު

"މަގުތައް ބަންދުކުރިޔަސް މާދަމާ ނިކުންނާނަން"

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
މާދަމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަހެވެ. މާދަމާއާ ދިމާކޮށް އެމްޑީޕީން ވަނީ "ބަޔާން އަޑުއެހުމަށް" މަޖިލިސް ދޮށަށް އެއްވާން ނިންމައިފައެވެ. އަދި މަޖިލިސްކުރާގެ ހުންނަ ސަރަހައްދަށް އެންމެން އެއްވުމަށް އެދި އެމްޑީޕީން އިސްތިހާރު ކުރަމުންނެވެ. އެމްޑީޕީން ބުނެފައިވަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެންމެވެސް މަޖިލިސްކުރާގެ ހުންނަ ސަރަހައްދަށް އައުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ބަޔާން އަޑުއަހަށް ގޮސްތިބޭއިރު، މިސަރުކާރުން ގާނޫނު އަސާސީއަށް ބަދަލުގެނައި މައްސަލާގައި އަޑު އުފުލާނެއެވެ. މިއަދު ނިކުންނަށް އެމްޑީޕީން ނިންމާފައިވަނިކޮށް ފުލުހުންވަނީ ރިޔާސީ ބަޔާން އިއްވަން ރައީސް ވަޑައިގަންނަވާތީ އެވަގުތާ ދިމާކޮށް މާލޭގެ ސައުވީސް މަގެއް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފައެވެ. އެހެންނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުންދަނީ މަގު ބަންދުކުރިޔަސް ނިކުންނާނޭ ކަމަށެވެ. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތީން އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފައެވެ. ކޮންމެ ފަހަރަކުވެސް ފުލުހުން އެ އެއްވުން ރޫޅާލައެވެ. ހުސްވި މަހު އެއްތިރީސް ވަނަ ދުވަހުގެ ރޭވެސް އެމްޑީޕީން ވަނީ މާލޭގައި ސުލްހަވެރި ހިނގާލުމެއް ބާއްވާފައެވެ. ހިނގާލުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.  

ގުޅުންހުރި ޚަބަރު