ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މިއަދު މިތިބީ ރައްޔިތުންގެ ބާރުކެނޑިފައި: ފައްޔާޒު
ޚަބަރު

މިއަދު މިތިބީ ރައްޔިތުންގެ ބާރުކެނޑިފައި: ފައްޔާޒު

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި މިއަދު ތިބީ ރައްޔިތުންގެ ބާރުކެނޑިފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.  ފައްޔާޒު ވިދާޅުވީ މިހެންވާންޖެހުނީ މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނުއަސާސީއާ ޚިލާފަށް އެއަށް ބަދަލުގެނެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމުންނެވެ. "ގާނޫނުއަސާސީއަށް ބަދަލުގެނެސްފައިވަނީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް. ހިތާމައަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މިއަދު މިތިބީ ރައްޔިތުންގެ ބާރުކެނޑިފައި. އަނެއްކާވެސް މިޖެހެނީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުގެ ތެރެއިން ގެއްލިފައިވާ ބާރު ހޯދައިގަންނަން،" ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީން މިހާރުދަނީ އެމަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ރައްޔިތުން މިހާރުތިބީ ވަރަށް ހާލުގައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވަނީ މުޅިން ވެސް އިތުރުފުޅު ކަމަށްވެސް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ފަހުން ގެނެސްފައިވާ ބަދަލަށްފަހު ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއްނޫން ކަމަށާއި އެއީ ރައީސުލްޖުމްހުރިއްޔާގެ މަޖިލީހެއް ކަމަށްވެސް ވިދާޅުވިއެވެ. "ކަންކަމަށް ބަހުސް ކުރާއިރު ވެސް މުލިއާގެއިން އަންގާ ގޮތަކަށްނޫން ގޮތަކަށް މަޖިލީހުގައި އެއްޗެއް ނުބުނެވޭ،" ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. މަޖިލިސް މިހާރު ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ. ރައީސްގެ ބާރުގަދަވެ މަޖިލީހުގެ ރައީސް ވެސް އިންނަވަން ޖެހިވަޑައިގެންފައިވަނީ ގޮނޑު ގެއްލިދާނޭކަމުގެ ބިރުހީވެފައި ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމާއި ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީން ލިބިފައިވާ ހައްގެއް ކަމަށެވެ. އެމްޑީޕީން އެހައްގުގެ ބޭނުންކޮށް އިހުތިޖާޖުތައް ކުރަމުން ގެންދާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު