ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރިޔާސީ ބަޔާން: އެމްޑީޕީގެ ނުވަ މެންބަރަކު ތަޅުމުން ބޭރުކުރި
ޚަބަރު

ރިޔާސީ ބަޔާން: އެމްޑީޕީގެ ނުވަ މެންބަރަކު ތަޅުމުން ބޭރުކުރި

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ދިޔަ ޖަލްސްގާއި އިހުތިޖާޖުކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ނުވަ މެންބަރެއްގެ ނަން އިއްވައި މިއަދު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ. ނަން އިއްވުމުން ވެސް ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި މަޑުކުރެއްވުމުން އެމީހުން ނެރެންޖެހުނީ ގަދަކަމުންނެވެ. އެމީހުން ނެރެންކުރި މަސައްކަތުގެ ތެރެއިން ބައެއް މެންބަރުންނަށް އަނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެންމެ ބޮޑަށް އަނިޔާ ވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލަށެވެ. ރިޔާސީ ބަޔާން އިއްވަމުން ގެންދެވި ވަގުތު އެމްޑީޕީގެ މެންބަރުން ގެންދިޔައީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. މު މުޒާހަރާގައި އެމްޑީޕީގެ މެންބަރުންވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށާއި، ހޯމްމިނިސްޓަރު އަލީ އިހުސާނުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

ގުޅުންހުރި ޚަބަރު