ދިވެހި|English 24 އޮގަސްޓު 2026 · 07:33
Top banner
Advertisement
ރައީސް މިއަދު އިއްވީ އުންމީދީ ބަޔާނެއް: ނާޒިމް
ޚަބަރު

ރައީސް މިއަދު އިއްވީ އުންމީދީ ބަޔާނެއް: ނާޒިމް

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަކީ، އުންމީދުން ފުރިގެންވާ އަދި އެހާމެ ތަފްސީލީ ބަޔާނެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބަޔާނަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ "މިރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަން ޔަގީން،" ކަމަށެވެ. އުންމީދު ކުރައްވަނީ އިންގިލާބީ އަހަރަކަށް މިއަހަރު ވެގެން ދިއުންކަމަށް ނާޒިމް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރަކީ އެމަނިކުފަނުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާއަހަރު ކަމަށެވެ.

ގުޅުންހުރި ޚަބަރު