ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މިސްކިތްތައް ބަލަހައްޓަން މިދިޔަ އަހަރު ހަތްމިލިއަން ރުފިޔާ
ޚަބަރު

މިސްކިތްތައް ބަލަހައްޓަން މިދިޔަ އަހަރު ހަތްމިލިއަން ރުފިޔާ

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
މިސްކިތްތައް ބަލަހައްޓަން މިދިޔައަހަރު ދައުލަތުގެ ބަޖެޓުންވަނީ 7.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ފައިސާ ޚަރަދު ކޮށްފައިވަނީ މިސްކިތްތައް މަރާމާތު ކުރުމަށާއި ބެކެހެއްޓުމަށް ކަމަށެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއަހަރުވެސް ރާއްޖޭގައި މިސްކިތްތައް ބިނާ ކުރުމުގެ މަޝްރޫއުތައް ހިންގެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 35 މަޝްރޫއެއް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު ވަނީ މިސްކިތްތަކާބެހޭ ގައުމީ މަޖިލީސް ވެސް އަލުން އުފައްދަވާފައި ކަމަށެވެ. އެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ބަލަހައްޓަވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު