ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސިގިރެޓުން އިތުރަށް ލިބޭ އާމްދަނީ ޚަރަދުކުރާނީ ދުންފަތުން ޖެހޭ ބަލިތަކުން ދުރުކުރުމަށް: ރައީސް
ޚަބަރު

ސިގިރެޓުން އިތުރަށް ލިބޭ އާމްދަނީ ޚަރަދުކުރާނީ ދުންފަތުން ޖެހޭ ބަލިތަކުން ދުރުކުރުމަށް: ރައީސް

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
ސިގިރެޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު، އިތުރަށް ލިބޭ އާމްދަނީއެއް އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެގޮތުން އެފައިސާ ޚަރަދުކުރާނީ ދުންފަތުން އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް "ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އަށަގެންފައިވާ އެންމެހައި ރައްޔިތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަކި އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ސަރުކާރުން ވާނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ. މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސިޓީތަކާއި، އަތޮޅު ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ގާއިމުކޮށްފައިވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވަން،" ރައީސް ވިދާޅުވިއެވެ. ކޮންމެ ރައްޔިތަކުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. "މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުގައިވާ ފަދައިން، އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިލާ ބަޔަކަށް ނުވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. "އަޅުގަނޑުގެ އިޚްލާސްތެރި ނިޔަތަކީ އަދި ބޭނުމަކީވެސް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަކީ، ދުޅަހެޔޮ ސިއްޙަތެއް ލިބިގެންވާ ރައްޔިތަކަށް ހެދުން،"  

ގުޅުންހުރި ޚަބަރު