ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމްޑީޕީ ނޫނީ ރަނގަޅު އިގްތިސާދެއް ގެނެސްދެވޭނޭ ޕާޓީއެއްނެތް: ނާޒިލް
ޚަބަރު

އެމްޑީޕީ ނޫނީ ރަނގަޅު އިގްތިސާދެއް ގެނެސްދެވޭނޭ ޕާޓީއެއްނެތް: ނާޒިލް

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
އެމްޑީޕީ ނޫނީ ރާއްޖެއަށް ރަނގަޅު އިގްތިސާދެއް ގެނެސްދެވޭނޭ ޕާޓީއެއްނެތް ކަމަށް ބޭރުގެ ބޮޑެތި އިގްތިސާދުތައް އޮންނަ އެމެރިކާފަދަ ގައުމުތަކުގެ މީހުންވެސް ގަބޫލު ކުރާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ކުދި ވިޔަފާރިތައް ފުނޑިއްޖެ ކަމަށެވެ. މެދުފަންތީގެ ވިޔަފާރީތައް ހުއްޓިއްޖެ ކަމަށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް އުދަގުލަކަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ވެސް ދަނީ ފުނޑެމުން ކަމަށް އޭނާ ވިދާޅުވިއެވެ މިހުރިހާ ކަމެއް ވެސް މިހެންމިވީ ވެރިކަންކުރަން އެނގިވަޑައި ނުގަންނަވާ ބޭފުޅަކު އިތުރުފުޅު ހައްދަވައިގެން ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަންނަވަން ވެގެން ދިވެހިންނަށް އެތައް އިތުރުފުޅެއް ހައްދަވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއެކު އެބަތިބި ކަމަށާއި މަސްގަނޑުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައިފިކަމަށް ވިދާޅުވެ ބޮޑެތި އޮޅުވާލުމާއި މަކަރު ހައްދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ބެއްލެވިއިރު ކަންކަންހުރީ އެމްޑީޕީން އޭރުވެސް ބުނަމުން އައިގޮތަށްކަމަށް މިސަރުކާރުން މިހާރު ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރަށްރަށުގައި އެބަތިބިކަމަށް ބުނެ އެމީހުން ހޯދަން ލޯންޗެއްގައި ރަށްރަށަށް ވަޑައިގެންނެވި ބޭފުޅަކު ރައްޔިތންގެ މަޖިލީގައި ނާޒިލާޖެހިގެން ކަނާތްފަރާތުގައި އިންނަވާ ކަމަށާއި މިހާރު އޭރުގެ ކަންކަމުގެ ވާހަކައެއް އެއްގޮތަކަށް ވެސް ނުދައްކަވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު