ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
"ނާއިބުރައީސާއި ޕީޖީލީޑަރުނެތީސް، މަޖިލީހުގެ ރައީސަކަށް މަޖިލީހަކު ދެން ނީނދެވޭނެ"
ޚަބަރު

"ނާއިބުރައީސާއި ޕީޖީލީޑަރުނެތީސް، މަޖިލީހުގެ ރައީސަކަށް މަޖިލީހަކު ދެން ނީނދެވޭނެ"

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީގެ ޕީޖީލީޑަރު އިބްރާހީމް ފަލާހު، މަޖިލީހުގައި ނެތީސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަށް ދެން  މަޖިލީހަކު ނީނދެވޭނޭ ކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީލީޑަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން މަޖިލީގައި ތިއްބަވައިގެން ކަންކަން ކުރަންވީގޮތް އަތައި އިނގިލީގެ އިޝާރާތުން މަޖިލީހުގެ ރައީސަށް އަންގަވަމުން ގެންދެވި ކަމަށެވެ. އެހިސާބަށް ކަންތައް ދިޔުމުން އެ ދެބޭފުޅުން ނެތް ދުވަހަކު މަޖިލީހުގެ ރައީސަކަށް އެތާ ނީނދެވޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ޕީއެންސީގެ މަޖިލީސް މެންބަރުންނާ ވަކީން ދިމާވުމުން އެބޭފުޅުން ވެސް ވިދާޅުވާ ކަމަށެވެ. "ޕީއެންސީގެ މަޖިލިސް މެމްބަރުންނާ ވަކީން ދިމާވީމައި އެބަ ބުނޭ މިއީ ހާދަ ދޮގު ހަދާ މީހެކޭ،" މައުރޫފު ވިދާޅުވިއެވެ. އެހެންކަމުން އެމީހުން ވެސް މިހާރު ބޭނުންވަނީ ސަރުކާރު ނިމެންކަން އެނގޭ ކަމަށް ވިދާޅުވިއެވެ. "ޕީއެންސީގެ މެންބަރުންވެސް އަޅުގަނޑުގާތުގައި މިއަދު (އިއްޔެ) ބުނެފައި އެބަހުރި މުޒާހަރާ ޖެއްސުނު ވަރަކަށް ޖައްސައްޗޭ. މިކަމުން ސަލާމަތްވާން އެބަޖެހެޔޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އެއްސެވީ ސުޕްރީމް ކޯޓުގެ މައްސަލަ ކިހާ އިރަކުހޭ އޮތީ،" މައުރޫފް ވިދާޅުވިއެވެ. މަޖިލިސްގެ ރައީސް އެގޮތަށް އެއްސެވީމާ "ދެންނެވިން މިއަދު ދެން ތިޔަވާހަކަ ނުދައްކަވާށޭ. އެދުވަހު އަޅުގަނޑުމެން ދެންނެވީމެއްނޫންހޭ އާދޭސްކޮށްފައި ރައީސޭ ތިޔަހެން ނުހައްދަވާށޭ،" އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު