ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އައްޑޫގައި ބްރިޖު އަޅުއްވާނޭ ވާހަކަ ރިޔާސީ ބަޔާނުގައިނެތް: ޑީޑީ
ޚަބަރު

އައްޑޫގައި ބްރިޖު އަޅުއްވާނޭ ވާހަކަ ރިޔާސީ ބަޔާނުގައިނެތް: ޑީޑީ

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
އައްޑޫ ސިޓީގައި ވަކިން އޮތް ދެރަށާއި އެއްފަސްވެފައިވާ ރަށްރަށާމ ބްރިޖަކުން ގުޅާލައްވާނޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އޮވެފައި މިއަހަރުގެ ބަޔާނުގައި ނެތް ކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ ކުރީގެ ބަޔާނުގައި ރައީސަށް އެހެން ވިދާޅުވެވިފައި މިފަހަރުގެ ބަޔާނުގައި ވިދާޅުނުވެވުނީ ހަންކެޑެ ބްރިޖު ހުޅުވުމުން ކަމަށެވެ. އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނިންމާފައިވާ އެ ބުރިޖު މިސަރުކާރުން ހުޅުވުމުން ރައީސް މުއިއްޒު ހީފުޅުކުރެއްވީ އެއީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ބްރިޖު ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ. "މިދިޔަ ރިޔާސީ ބަޔާނުގައި ވިދާޅުވީ އައްޑޫ ސީޓީގައި ބްރިޖެއް އަޅާނެ ވާހަކަ. މިއަހަރު ރިޔާސީ ބަޔާނުގައި އެ ވާހަކަ ނުދެއްކެވީ ހަންކެޑެ ބްރިޖު ހުޅުވުނީމައި އެމަނިކުފާނު ވައުދުވީ ބްރިޖު ހުޅުވުނީ ކަމަށް ދެކިގެން،" ޑީޑީ ވިދަޅުވިއެވެ. އެ ބްރިޖުގެ އަމަލީ މަސައްކަތް ނިމިދިޔަ އަހަރު ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެ އަހަރު ނިމި ދެވަނަ އަހަރު ކުރިއަށްދައިރުވެސް އޭގެ އެއްވެސް އަމަލީ މަސައްކަތެއްވެސް އަދި ޚަބަރެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު