ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސާފު އަޣުލަބިއްޔަތަކުން މެނުވީ ވެރިކަން ކޮށްގެން ނުވާނެ: ޢުމަރު
ޚަބަރު

ސާފު އަޣުލަބިއްޔަތަކުން މެނުވީ ވެރިކަން ކޮށްގެން ނުވާނެ: ޢުމަރު

މމުހައްމަދު އަލީ8 ފެބްރުއަރީ 2025
ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ފެންނަ/ ނުފެންނަ ވޯޓެއް ނަގަން އުޅޭ ސަބަބު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެދެއްވައިފިއެވެ. "މިއީ ހަމައެކަނި މި ދެ އިންތިޚާބު އެއްކޮށްލައިގެން ޚަރަދު ކުޑަކުރުމަށް ކުރަންއުޅޭ ކަމެއް ނޫނެވެ. މީގެ ފަހަތުގައި ފޮރުވިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކުރުމެވެ." އުމަރު ވިދާޅުވެފައިވެއެވެ. ބޭނުމަކީ ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ވެރިއަކު ހޮވުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "މި ވާހަކަ ދެކެވޭ ބަދަލު ޑްރާފްޓް ކޮށްގެން ނިކުންނައިރު އޮންނާނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކޮށްފައެވެ." އުމަރު ވިދާޅުވީ މިއީ އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބޭތީ، އެ ފުރުސަތު ހޯދުމަށް ޑރ. މުއިއްޒު ގެންނަ ބަދަލެއް ކަމަށެވެ. ރައީސަކު ވެރިކަމަށް އަންނަންވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން  ލިބިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ މިހާރުގެ ގާނޫނު އަސާސީ ބުނާ ގޮތް ވެސް މެއެވެ. މިނޫން ގޮތަކަށް މިކަން ކޮށްފި ކަމަށްވާނަމަ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "މި މަފްހޫމް ދިފާއުކޮށް ސާފު އަޣުލަބިއްޔަތަކުން މެނުވީ ރައީސަކު ވެރިކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އަޅުގަނޑުމެން އެންމެން އަޑުއުފުލަންވާނެއެވެ." އުމަރު ވިދާޅުވީ ވަރަށްފަހުން ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފި ކަމަށެވވެ. އެ ބަދަލުގެ ސަބަބުން މަޖިލިސް މެންބަރުންގެ ބާރުވަނީ ކެނޑިގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ. މިހާރު މި ވާހަކަ ދެކެވޭ ބަލަދުން ރައްޔިތުންގެ ބާރު ކެނޑި، %25 ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބިދޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވެރިކަން ކުރަންވާނީ ސާފު އަޣުލަބިއްޔަތެއް ލިބިވަޑައިގެން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ހުރިހާކަމެއް ވެސް މަކަރުވެރިކަމާއި ހީލަތްތެރިކަމާ އެކު ކުރުން މިވަނީ އަށަގަނެފައި ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮންނަ މަޖިލީހަކުން އެންމެފަހުން ޤާނޫނު އަސާސީ އަށް ގެނައި ބަދަލުގައިވެސް ދެއްކީ "ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ" ވާހަކަ ކަމަށް އުމަރު ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް ނިމިގެން ދިޔައިރު ވަނީ ޕާޓީން ވަކިކުރުމުން ވެސް ގޮނޑިގެއްލޭ ގޮތަށް ހިމަނައި އެ ބަދަލު ފާސްކޮށްފައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު