ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޝިއުނާގެ ދެމައިންގެ މަރުގެ ޒިންމާ މިސަރުކާރުން ނަގަންޖެހޭނެ: އެމްޑީޕީ
ޚަބަރު

ޝިއުނާގެ ދެމައިންގެ މަރުގެ ޒިންމާ މިސަރުކާރުން ނަގަންޖެހޭނެ: އެމްޑީޕީ

މމުހައްމަދު އަލީ8 ފެބްރުއަރީ 2025
ގއ. ވިލިނގިލި ޒަމާނީވިލާ ފާޠިމަތު ޝިއުނާ އާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވުމުގެ ޒިންމާ މިސަރުކާރުން އުފުލަމްޖެހޭނޭ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ. "މި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." މި ހާދިސާއަކީ ސިއްހީ ދާއިރާ މިވަރަށް ކުރިއަރާފައި ޒަމާނެއްގައި ހިނގައިގެންވާނޭ ކަމެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ. "އެހެންކަމުން ސަރުކާރުން މި މައްސަލައިގައި އިހުމާލުވެފައިވާވުން މި ޕާޓީގެ އަންހެނުންގެ ރޫޙުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އަންހެނުންގެ ރޫހުން ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލު ވުމަށް ފަހު ސިއްޙީ ދާއިރާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ދަށްވަމުން ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މިކަން އިސްލާހު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށްވެސް ވަނީ ބުނެފައެވެ. އެފަދަ ފިޔަވަޅެއް ނާޅައި ތިއްބާ މިމަހު ހަވަނަދުވަހު ޝިއުނާގެ ދެމައިން ނިޔާވި ހާދިސާއަކ ހޮސްޕިޓަލްގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރިކަމާއެކު ނުހިންގުމާއި، ސީ އެމްބިއުލަންސްއަކުން ލިބެން ޖެހޭ ޚިދުމަތްތައް އެގޮތުގައި ލިބެން ނެތުމުން ދިމާވި، އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށްވެސް ބުނެފައިވެއެވެ. "ވީމާ މި މައްސަލަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ކަމާ ގުޅޭ އެހެން މުޢައްސަސާ ތަކުންވެސް ތަޙުޤީޤުކޮށް މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދާ ޒިންމާދާރު ކުރުވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ގޮވާލަމެވެ." މިކަމާ ގުޅިގެން ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ މިހާދީސާ ރަނގަޅަށް ތަހުގީގު ކޮށް އިހުމާލުވާ ފަރާތްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުންނަށް އަންގާފައިވާނޭ ކަމަށެވެ. ފަރުވާ ލިބުން ލަސްވެ ޝިއުނާއާއީ އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅު ނިޔާވުމުގެ ހިތާމައިގައި އެ ދެމައިންގެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށް އެންހެނުންގެ ރޫހުން ނެރެފައިވާ ބަޔާނުގައިވެއެވެ. އެ ދެމައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު