ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ތިންބާރު ގަޑުބަޑު ކުރުމުގެ ފުރުސަތު ދިވެހީން ނުދޭނެ: ފައްޔާޒު
ޚަބަރު

ތިންބާރު ގަޑުބަޑު ކުރުމުގެ ފުރުސަތު ދިވެހީން ނުދޭނެ: ފައްޔާޒު

މމުހައްމަދު އަލީ9 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށްފަހު ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު ދިވެހި ރައްޔިތުން މިސަރުކާރަށް ނުދޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އެކްސްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލައްވާފައި ކަމަށެވެ. އެއަށްފަހު މިހާރު ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. މިސަރުކާރުން މިހާރު ގެންދަނީ ސުޕްރީމްކޯޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި މިހާރު ތިއްބެވި ބައެއް ފަނޑިޔާރުން ވަކިކުރައްވަން މަސައްކަތް ކުރަމުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު