ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފެބުރުއަރީ ވީހީގައި މަސްދަޅު ބަހަން ފަށަނީ
ޚަބަރު

ފެބުރުއަރީ ވީހީގައި މަސްދަޅު ބަހަން ފަށަނީ

މމުހައްމަދު އަލީ11 ފެބްރުއަރީ 2025
މިމަހު ވިހިވަނަދުވަހުން ފެށިގެން އަށާވީސް ވަނަދުވަހަށް  މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބަހާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ މާލޭ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލައި އަންގަވާނޭ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ރަށްރަށަށް މަސްދަޅޭކޭސްތައް ފޮނުވަން ފަށައިފައެވެ. ރަށްރަށަށް ފޮނުވާ މަސްދަޅުކޭސްތައް ބަހާނޭ ދުވަސް ކަނޑައަޅައި އެކަންކުރާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. މިއަހަރުވެސް މާލެ ސަރަހައްދުގައި  މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ.  މަސްދަޅުތައް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހުއެވެ. ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ވެސް ރެކޯޑު ކުރެވޭނެއެވެ. މަސް ދަޅުތައް ހަވާލުކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ގާއިމުކޮށްފައިވާނޭ ކަމަށް ވެސް އެސްޓީއޯއިންވިދާޅުވިއެވެ. އެއީ: މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް • ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް • ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ. މިއީ ރަމަޟާން މަހަށް ޚާއްސަކޮށްގެން ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތަކެކެވެ. މިމަސައްކަތްކުރަނީ އެސްޓީއޯއިންނެވެ. އެކުންފުނިން މިމަސައްކަތް ކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކޮށްގެންނެވެ. ގޭބިސީތަކަށް  ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.

ގުޅުންހުރި ޚަބަރު