ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމަކީ ޑްރައިވަރުންނަށް ލިބޭ ގެއްލުމެއް: ފައްޔާޒު
ޚަބަރު

ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމަކީ ޑްރައިވަރުންނަށް ލިބޭ ގެއްލުމެއް: ފައްޔާޒު

މމުހައްމަދު އަލީ13 ފެބްރުއަރީ 2025
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ނުވަންނާނޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުގެ ޓެކްސީ ލައިނެއް އުފެއްދުމަށް އެމްޓީސީސީ އާއެކު މިއަދު ސޮއިކުރުމުންނެވެ. ސަރުކާރުން ބުނެފައިވަނީ މިފަދަ ޓެކްސީ ލައިނެއް އުފެއްދިޔަސް އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނޭ ކަމަށެވެ. އެހެންނަމަވެސް ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އެވާހަކައަކީ އޮޅުވައިލުމެއް ކަމަށެވެ. "ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް. ސަރުކާރަށް ހަމަ ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިޚްތިޔާރެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު