ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސަރުކާރުން އެ ނިކުންނަނީ ޓެކްސީ ޑްރައިވަރުންނާ ވާދައަށް: ޝާހިދު
ޚަބަރު

ސަރުކާރުން އެ ނިކުންނަނީ ޓެކްސީ ޑްރައިވަރުންނާ ވާދައަށް: ޝާހިދު

މމުހައްމަދު އަލީ13 ފެބްރުއަރީ 2025
ސަރުކާރުން ޓެކްސީލައިންގެ ޚިދުމަތް ފެށުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވެފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުންނާ ވާދައަށް ކަމަށެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް. އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން،" ޝާހިދު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މިދަދަ ކޮންމެ ކަމަކުންވެސް ފެނިހންދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށެވެ. "ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު