ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ރިހި މެޑެލް ހޯދުމުން، ރައީސްގެ ތަހުނިޔާ އީޝަލްއަށް
ޚަބަރު

ރިހި މެޑެލް ހޯދުމުން، ރައީސްގެ ތަހުނިޔާ އީޝަލްއަށް

މމުހައްމަދު އަލީ15 ފެބްރުއަރީ 2025
'އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް' ގެ ޖޫނިއަރ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިން ރާއްޖެއަށް ރިހިމެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އޭޝިއާގެ ފެންވަރުގައި ބާއްވާ ޝޫޓިންގ ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއްކަމުގައެވެ. މި މުބާރާތުގައި އޭޝިއާގެ 23 ޤައުމަކުން ވާދަކުރިއެވެ. އޭގެތެރެއިން 21 ޤައުމެއްގެ މައްޗަށް މަރިޔަމް އީޝަލް މިޞްބާޙް ކުރި ހޯދުމަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ. 'އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025' ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.  

ގުޅުންހުރި ޚަބަރު