ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ލިތުއޭނިޔާގެ ރައީސާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ
ޚަބަރު

ލިތުއޭނިޔާގެ ރައީސާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

މމުހައްމަދު އަލީ16 ފެބްރުއަރީ 2025
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޔިޓާނަސް ޕަލޫކަސްއާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ނައުސިއެދާ އާއި ބޮޑުވަޒީރު ޕަލޫކަސް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ. ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ އެޤައުމުގެ މިނިވަންކަމުގެ ޤަރާރުގައި ސޮއިކުރި ދުވަހެވެ. އެއީ 1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް
   

ގުޅުންހުރި ޚަބަރު