ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެސްޓީއޯއިން މަސްދަޅު ކޭސްތައް ބަހަން މިރޭ ފަށަނީ
ޚަބަރު

އެސްޓީއޯއިން މަސްދަޅު ކޭސްތައް ބަހަން މިރޭ ފަށަނީ

މމުހައްމަދު އަލީ20 ފެބްރުއަރީ 2025
މި އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިރޭ ފަށާނޭ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މިރެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް މަސްދަޅު ކޭސްތައް ބެހުން ކުރިއަށްދާނެއެވެ. މަސްދަޅުކޭސްތައް ބަހަން ކުރިން ހަމަޖެހިފައިއޮތީ މިއަދު 2:30 ގައެވެ. އެހެންނަމަވެސް މިރެއަށް ބަދަލުކުރީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކަމަށެވެ. މަސްދަޅު ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސް ވަނީ ބަދަލު ގެނެވިފައެވެ. މި ގެނެވުނު ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެސްޓީއޯއިން ވަނީ މާއާފަށް އެދިފައެވެ. މި ގޮތުން މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިވަނީއެވެ.
  • 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
  • 21 ފެބްރުއަރީ 2025- ބަންދު
  • 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
  • މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް • ވިލިމާލޭގައި: ވެމްކޯ ސައިޓް • ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
އިތުރަށް ގާއިމް ކުރެވޭ މަރުކަޒުގެ މައުލޫމާތު ހިއްސާކުރާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު