ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަރުޝީފީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ސައުދީ އިން ސޮއިކޮށްފި
ޚަބަރު

އަރުޝީފީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ސައުދީ އިން ސޮއިކޮށްފި

މމުހައްމަދު އަލީ20 ފެބްރުއަރީ 2025
ރާއްޖޭގެ ގައުމީ އަރުޝީފު ތަރައްގީކުރުމާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި ސައޫދީ އެރެބިޔާ އާއި ދިވެހިރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އަރުޝީފު ކުރެވޭ ހުރިހައި ބާވަތެއް އަރުޝީފުކޮށް ގިނަދުވަހަށް ދެމެހެއްޓުމާއި މި ދާއިރާއިން މީހުން ބިނާކުރުމާއި، އަރުޝީފީ ސަގާފަތްތަކާއި އާ ވިސްނުންތަކާއި ޓެކްނޮލޮޖީ އާއި ދާއިރާގެ އިލްމާއި ތަޖުރިބާ ހިއްސާކޮށް ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވޭނެއެވެ. ސައޫދީ އެރެބިޔާގެ ވެރިރަށް ރިޔާޒުގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް އަރކައިވްސް މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އެރެބިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އަލްމަރުކަޒިލް ވަޠަނީ ލިލްވަޘާއިޤި ވަލްމަޙްފޫޟާތި (ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްސް)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް އައްތަމީމީއެވެ. https://x.com/abkhaleel/status/1892452261642805659 ގައުމީ އަރުޝީފުން ހާމަކުރިގޮތުގައި  މިއީ އިސްލާމީ ގައުމުތަކުގެ ގައުމީ އަރުޝީފުތަކުގެ އިސްވެރިންގެ މަހާސިންތާއަށް ، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދު މީގެ ކުރިން ރިޔާޟަށް ކުރެއްވި ދަތުރުފުޅުން ފެށިގެން މި ދެ އިދާރާގެ ދެމެދުގައި އުފެދުނު ގުޅުންތަކުގެ ތެރެއިން އުފެދިގެން އައި އެއްބަސްވުމެވެކެވެ. މި އެއްބަސްވުމާ ބެހޭގޮތުން ޑރ. ފައިޞަލާއެކު ސައޫދީގެ ޓީމެއް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މި މަހު 16 އިން 18 އަށް އައިސީއޭ އިން ބޭއްވި "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގައި  ބައިވެރިވެވަޑައިގަންނަވަން މުޙައްމަދު ޢާމިރު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ރަސްމިއްޔާތުގައި ސައޫދީ އެރެބިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ)ގެ ސެކްރެޓެރީ ޖެނެރަލް މރ. ކާލޯސް ސެރާނޯ ވައްޒުކެތު ބައިވެރިވެވަޑައިގެންނެވިއެވެ.      

ގުޅުންހުރި ޚަބަރު