ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ސިހުރު ހަދަން ބޭނުންކުރާ ސާމާނުތަކެއް ކުޅުދުށްފުށީން ހޯދައިފި
ޚަބަރު

ސިހުރު ހަދަން ބޭނުންކުރާ ސާމާނުތަކެއް ކުޅުދުށްފުށީން ހޯދައިފި

މމުހައްމަދު އަލީ21 ފެބްރުއަރީ 2025
ސިހުރު ހަދަން ބޭނުންކުރާ ސާމާނު ކުޅުދުށްފުށީގެ އަށް ގެއަކުން ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެތަކެތި ހޯދައިފައިވަނީ އެރަށުގައި މިއަދު ހިންގި ސިހުރު އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ވަނީ ކޯޓު އަމުރެއް ހޯދައިގެން ދިހަ ގެއެއް ބަލައި ފާސްކޮށްފައެވެ. ސިހުރު ހަދަން ބޭނުންކުރާ ސާމާނު ފެނިފައިވަނީ އޭގެ ތެރެއިން އަށްގެއިންނެވެ. "މީގެ ތެރެއިން އަށް ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، އަދި ސިހުރު ހެދުމަށް ބޭނުންކުރާ އެކަހަލަ އާލާތްތައް ފެނިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ. މިފަދަ އޮޕަރޭޝަނެއް ފުލުހުން ހިންގީ ކީއްވެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންވިދާޅުވީ މިމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ގުޅުންހުރި ޚަބަރު