ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރުމީހަކު އަތުލައިގެންފި
ޚަބަރު

ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރުމީހަކު އަތުލައިގެންފި

މމުހައްމަދު އަލީ21 ފެބްރުއަރީ 2025
މަސްތުވާތަކެތި ހަނިމާދޫއަށް އެތެރެކުރުން އުޅުނު ހަތަރު މީހަކު އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ އެމީހުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ވައިގެ މަގުން ކަމަށެވެ. އެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހުން އަތުލައިގެންފައިވަނީ މިމައުލޫމާތަށްފަހު ފުލުހުން ހިންގި އޮޕަޜޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި، ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު