ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަސްދަޅަށް ޚަރަދުވާ ފައިސާ ކަރަންޓު ބިލަށް އެއްނުކުރާނޭ ކަމަށް އުންމީދުކުރަން: ފައްޔާޒު
ޚަބަރު

މަސްދަޅަށް ޚަރަދުވާ ފައިސާ ކަރަންޓު ބިލަށް އެއްނުކުރާނޭ ކަމަށް އުންމީދުކުރަން: ފައްޔާޒު

މމުހައްމަދު އަލީ21 ފެބްރުއަރީ 2025
ސަރުކާރުން މިހާރު ބަހަމުންދާ މަސްދަޅު ކޭސްތަކުގެ އަގަށްވާ ފައިސާ ކަރަންޓު ބިލަށް އެއްކުރުމުގެ ބަދަލުގައި އެހެން ގޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިކަމާ ބެހޭ އިތުރު ވާހަކައެއް ނުދައްކަވައި ފައްޔާޒު ވިދާޅުވެފައިވަނީ މިވަގުތު ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ކިއުގައި ޖެހިގެން ނަމަވެސް ރޯދަޔަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނޭ ގޮތްވުމަކީ ބިކަވެ ގޮތްހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިއުމަތެއް ކަމަށެވެ. "މިހާ ހާލުގައި ޖެހިފައިވާ ވަގުތެއްގައި މިފަދަ އެހީތެރިކަމެއް ވެސް ވެދެއްވުމުގެ ވިސްނުން ސަރުކާރަށް ވިސްނުނީތީ އަދި އެވަރު ކޮށްލުމުގެ ގާބިލުކަން ހުރިކަމީ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެއް،" އޭނާ ވިދާޅުވެފައިވެއެވެ. މިވަރު ކޮށްދެއްވި ކަމަށްޓަކައި އޭނާ ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. ސަރުކާރުން ރޯދައަށް މަސްދަޅު ކޭސްތައް ބަހަމުން ގެންދާއިރު އެއަށް ފައިސާ ދައްކަނީ ކޮންތާކުންތޯ ގިނަބަޔަކު ގެންދަނީ ސުވާލު އުފައްދަވަމުންނެވެ.

ގުޅުންހުރި ޚަބަރު