ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
ހިތަދޫ "ގާލެންޑް" ގެެ އަނދައި އަޅިއަށް ވެއްޖެ
ޚަބަރު

ހިތަދޫ "ގާލެންޑް" ގެެ އަނދައި އަޅިއަށް ވެއްޖެ

މމުހައްމަދު އަލީ21 ފެބްރުއަރީ 2025
އައްޑޫ ސިޓީ ހިތަދޫގައި "ގާލެންޑް" ގޭގައި އަލިފާން، ރޯވެ އެގެ އަނދައި ހުލިވެއްޖެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ދިރިއުޅޭ ގެއެވެ. ގޭގައި ރޯވުމުން މޯޑުވަނީ އެހީތެރިވެވެން ތިބި އެންމެންގެ އެހީއަށް އެދި ސޯޝަލްމީޑިއާގައި ޕޯސްޓެއް ވެސް ކޮށްފައެވެ. އެންމެފަހުން އޭނާ ބުނެފައިވަނީ ގެ އަނދާ ހުލިވެއްޖެ ކަމަށެވެ. އެވަގުތު ގޭގައި ތިބި މީހުން ފިޔަވާ އެހެން ހުރިހާ އެއްޗެއް އަނދައި އަޅިއަށްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ އެގޭގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވިއެވެ. އެބޭފުޅުންގެ މަސައްކަތުން ވަނީ އަލިފާން ނިއްވާލާފައި ކަމަށް އެމްޑީއެންފުން ވިދާޅުވެފައިވެއެވެ. މިހާދިސާގެ މައުލޫމާތު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 05:11 އެހައިކަންހާއިރު އެވެ. މައުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީފުން ވިދާޅުވެފައިވެއެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ.  

ގުޅުންހުރި ޚަބަރު