ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ކޯޓުގެ ބާރު ކަނޑުވާލުމެއްނޫން: މަޖިލިސް ރައީސް
ޚަބަރު

މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ކޯޓުގެ ބާރު ކަނޑުވާލުމެއްނޫން: މަޖިލިސް ރައީސް

އއަހުމަދު މުހައްމަދު24 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހަތް ފަޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހުގަންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ބިލާބެހޭގޮތުން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ ބިލަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތެއްކަމަށް ތުހުމަތު ކުރައްވައި، އެކަން ހުއްޓާލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅަން މަސައްކަތް ކުރެއްވި ކުއްލި މައްސަލަ ހުށަހަަޅަން ރިޔާސަތުން ފުރުސަތު ނުދެއްވިއެވެ. އެކަމާގުޅިގެން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ސޫޕްރީމްކޯޓުގައި މަޖިލީހާގުޅޭ ދުސްތޫރީ މައްސަލައެއް ހިނގަމުންދަނިކޮށް، ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރަކު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފދަބިލެއް ފޮނުވުމަކީ، މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރެއްވިކަމެއް ކަމަށެވެ. އިގްތިސާދީ އިސްލާހީ އެޖެންޑަގެ ދަށުނ،ް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައ،ި ކުރިއަށްއޮތް ދެ އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާމައްސަލ،ަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓަށް ކުރިއަށްގެންދިޔަ ބަހުސްކައި، ބިލް ހުށަހެޅީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުންކަމަށް ވިދާޅުވެ ތަކުރާރުކޮށް މީކާއީލް ދެއްކެވި ވާހަކަ ހުއްޓުވަން ރިޔާސަތުން މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޖަލްސާގެ ހުސްވަގުތުކޮޅާ ހަމައަށްދިޔައިރުވެސް އެ ވާހަކަ މީކާއީލްނ ހުއްޓަވައެއްނުލެއްވިއެވެ. އެހެންކަމުން ޖަލްސާ ހުސްވަގުތުކޮޅަށް މެދުކަނޑުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލުގެނެސް ގާނޫނުތައް ހަދައި ގާނޫނުތައް އިސްލާހު ކުރުމުގެ ބާރު މުތުލަގަށް އޮންނަ މަޖިލީހެއް ކަމަށެވެ. "އެހެންކަމުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރަކަށް ބޭނުންކުރަނީކަމަށް ވިދާޅުވުން ބަލައެއްނުގަނެވޭނެ،" މަޖިލިސް ރައީސް

ގުޅުންހުރި ޚަބަރު