ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވޯޓުދޭންޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސަކަށް ނޯންނާނެ: ފައްޔާޒު
ޚަބަރު

ވޯޓުދޭންޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސަކަށް ނޯންނާނެ: ފައްޔާޒު

މމުހައްމަދު އަލީ26 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫންކަމާއި އެއީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު އަލުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އެ މެންބަރުންނަށް އަރުވާކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެހެން ކަމުން ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައްޔިތުންގެ ހައްގުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށް ފައްޔާޒު އެދިވަޑައިގެންފައެވެ.

ގުޅުންހުރި ޚަބަރު