ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޑރ. މުއިއްޒުގެ ވިސްނުންހުރީ ރާއްޖޭގައި ދެން އިންތިޚާބެއް ނުބާއްވަން: ފައްޔާޒު
ޚަބަރު

ޑރ. މުއިއްޒުގެ ވިސްނުންހުރީ ރާއްޖޭގައި ދެން އިންތިޚާބެއް ނުބާއްވަން: ފައްޔާޒު

އއަހުމަދު މުހައްމަދު28 ފެބްރުއަރީ 2025
ރައީސްޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންތިހާބެއް ވެސް ބޭއްވިޔަ ނުދިނުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވއްވެ. ފައްޔާޒު ވިދާޅުވީ އެގޮތަށް މުއިއްޒު އަމަލުކުރަނީ ސައްހަ ވޯޓެއް ލައިފިއްޔާ ދިވެހި ރައްޔިތުން ދެން ވޯޓު ނުދޭނޭކަން ކަނޑައެޅިގެން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ދެންއޮތީ އިހުތިޖާޖުކޮށްގެން މިވެރިކަން ނިންމަން ކުރަންޖެހޭ މަސައްކަތްކުރުން ކަމަށެވެ. "އެކަމުގައި އެންމެފަހު މިހާއަށް ދާދެން އެމްޑީޕީ މެންބަރުން ތިބޭނެ،" ފައްޔާޒު ވިދާޅުވިއެވެ. އިހުތިޖާޖު ކުރަމުންދާއިރު އެމްޑީޕީއަށް ބަޔަކު މަގުމައްޗަށް ނުނެރެވޭ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަމުންދާ ކަމަށްވެސް ވިދާވިއެވެ. އެއީ ތެދުވާހަކައެއް ކަމަށާއި، އެހެންވަނީ ސަރުކާރުން ރައްޔިތުންނަށް ބިރު ދައްކާފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ. "ރައްޔިތުން ތިބި ބިކަހާލު މަސް ކޭސް ދަޅުން ފެނިގެން މިދަނީ. ވަޒީފާ ގެއްލިދާނެތީ ބިރުން ރައްޔިތުން ތިބީ. މީގެކުރިން ވެސް ރައްޔިތުން މިހާލަތުގައި ތިއްބާ އެބިރު ކަނޑުވައި ބިރު ފަހަނަޅައި ދިޔައީ އެމްޑީޕީ. އަދިވެސް އެކަންކުރާނީ އަޅުގަނޑުމެން އެމްޑީޕީން،" ފައްޔާޒު ވިދާޅއެވެ. މިފުރުސަތުގައި ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިން މީހުނާއި، މުއިއްޒު ވެރިކަމަށް ގެންނަން އެމްޑީޕީ ފުނޑުފުނޑު ކޮށްލާނަމޭހިތާ ނުކުމެގެންދިޔަ މީހުންވެސް މިސަރުކާރުގެ ހަމަމަގަށް އެޅުވުމުގެ މަސައްކަތުގައި އިޚްލާސްތެރި ކަމާއެކު ބައިވެރިވުމަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ. މިހާރު ކަންތައް ކުރަމުންދާ ގޮތުން ދަރިންގެ ދަރިންގެ ދަރިންނަށް މިގައުމު ގެއްލިގެންދާތަން ވިސްނާ ފިކުރުކުރާ ބަޔަކަށް ފެނިގެންދާނޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު