ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ގއ. އިން ފެށިގެން އައްޑޫސިޓީއަށް ރީނދޫ ސަމާލު ނެރެފި
ޚަބަރު

ގއ. އިން ފެށިގެން އައްޑޫސިޓީއަށް ރީނދޫ ސަމާލު ނެރެފި

މމުހައްމަދު އަލީ1 މާރިޗު 2025
މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް ލަފާ ކުރެވޭތީ ގއ. އިން ފެށިެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓު އޮފީހުން ބުނީ މި ވަގުތުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަކުރާތާ ދެ ދުވަސް ވެއްޖެއެވެ. ވެރިރަށް މާލެއަށް ވާރޭވެހި ފެންބޮޑުވެދާނެތީ ކަމާބެހޭ ފަރާތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތަކާއެކު ތައްޔާރީ ހާލަތަށް އައިސްފައެވެ.

ގުޅުންހުރި ޚަބަރު