ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކޮށް ދިނުމަށް އަމުުރުކޮށްފި
ޚަބަރު

ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކޮށް ދިނުމަށް އަމުުރުކޮށްފި

މމުހައްމަދު އަލީ1 މާރިޗު 2025
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުންވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ މުޙައްމަދު އިބްރާހީމް، ދަފްތަރު ނަންބަރު ރސ94/263 / މާލެ (47އ) އެވެ. މުޙައްމަދު އިބްރާހީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ޖެހެނީ މާދަމާ (މާރިޗު 2) ވަނަ ދުވަހުގެ 11:00 އަށެވެ. މުޙައްމަދު އިބްރާހީމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު