ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފިޔާ، އަލުވި، ބިސް ވިއްކާއަގަށް ބަދަލުގެނެސްފި
ޚަބަރު

ފިޔާ، އަލުވި، ބިސް ވިއްކާއަގަށް ބަދަލުގެނެސްފި

މމުހައްމަދު އަލީ1 މާރިޗު 2025
ރަމަޟާން މަހަށް ޚާއްސަ ކޮށްގެން އެސްޓީއޯއިން ވިއްކަމުންދާ ފިޔާ، ބިސް، އަދި އަލުވީގެ އަގަށް ބަދަލު ގެނެސްފިއެވެ. މިއީ މި އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. އަގުތަކަށް ބަދަލު ގެންނަނީ ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެންނެވެ. ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 335 ރުފިޔާ އަށެވެ. ވަކިން ކިލޯއެއް ވިއްކަނީ 14 ރުފިޔާ އަށެވެ. ބިސް ކޭހެއް ވިއްކަނީ 350 ރުފިޔާއަށެވެ. ވަކިން ބިހެއް ވިއްކަނީ 2 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 515 ރުފިޔާއަށެވެ. ކިލޯއެއް ވިއްކަނީ 25 ރިފިޔާއަށެވެ. މީގެ އިތުރުން ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއެކެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ. ބާޒާރުގައި މިހާރު ލޮނުމެދު ވިއްކަނީ 90 ރުފިޔާއަށް ކިލޯއެކެވެ. ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ސްޓޭޝަން ކުރީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހަ އިން ލިބޭނޭގޮތް ހަދައިދިނުމަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އާންމުންނަށް މެދު ނުކެނޑި ލިބެން ހުންނާނޭ ގޮތް މަގުފަހި ކޮއްދިނުމަށް ކަމަށް ވެސް ބުންޏެވެ. ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ: އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ

ގުޅުންހުރި ޚަބަރު