ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެ ޕަމްޕު ޑިފެންސުގެ ބެލުމުގެ ދަށަށް
ޚަބަރު

ދެ ޕަމްޕު ޑިފެންސުގެ ބެލުމުގެ ދަށަށް

މމުހައްމަދު އަލީ2 މާރިޗު 2025
ސިޓީކައުންސިލުން ބުނެފައިވަނީ ޑިފެންސް މިނިސްޓަރީގެ ބެލެހެއްޓުމުގެ ދަށުގައި މި ދެ ޕަމްޕު ބެހެއްޓުމަށް ނިންމުމަށްފަހު، އެކަން މީހާރުވަނީ ފެބުރުވަރީ 28 ޑިފެންސް މިނިސްޓްރީއަށް އެކަން އަންގާފައެވެ. މިކަން އަންގައި ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ދެ ޕަމްޕު ކަމަށެވެ. މި ދެ ޕަންޕު ގެނައުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުއެވެ. "ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، މި ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާ" ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވެއެވެ. މިފަދަ ކޮންމެ ހާލަތެއްގައި ވެސް މާލެ ސިޓީ ކައުންސިލުން ރަށުތެރޭގައި ޖަމާވާ ފެން ހިންދުމުގެ މަސައްކަތްތައް އެކި ފަރާތްތަކުގެ އެހީތެރި ކަމާއެކު ކުރަމުން ގެންދެއެވެ. "މި 2 ޕަންޕަކީ، ފެންގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ."  

ގުޅުންހުރި ޚަބަރު