ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފެެން ހިންދުމުގެ މަސައްކަތަށް ސިފައިން އެހީތެރިކަން ފޯރުވައިދީފި
ޚަބަރު

ފެެން ހިންދުމުގެ މަސައްކަތަށް ސިފައިން އެހީތެރިކަން ފޯރުވައިދީފި

ހިރި ނިއުސްހިރި ނިއުސް2 މާރިޗު 2025
ރާއްޖޭ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެން ވަދެފައިވާތީ ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން، މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މާލެސިޓީގެ މަގުތަކުން ވަނީ 16،911 ޓަނުގެ ފެން ހިންދާފައެވެ. މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ. މީގެއިތުރުން، ފެންބޮޑުވެ މާލޭ ސިޓީގެ އިމާރާތްތަކަށް ފެން ވަދެފައިވާތީ، ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ސިފައިން ވަނީ ކޮށްފައެވެ މާލޭގައި ފެން ހިންދުމަށް ސިފައިން ކުރި މަސައްކަތް ބައްލަވާލެއްވުމަށް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ފެން ހިންދަމުންދިޔަ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، މާރިޗު 1 ވަނަ ދުވަހު ކުރި ވިއްސާރައިގައި، ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، ފ.ނިލަންދޫ އަދި ލ.އިސްދޫގެ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި، ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން، މާލެ އޭރިއާ ކޮމާންޑުން ވަނީ މާލެ ސިޓީއާއި މާލެ އޭރިއާ ކޮމާންޑް ހިމެނޭ ރަށްތައް ހިމެނޭހެން، 131 ގެއެއްގައި 976 ވެލި ބަސްތާ ޖަހައިދީފައެވެ. މި ވިއްސާރައާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ލ.އިސްދޫގައި ފެން ހިންދުމުގައި ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. -ޚަބަރާއި ފޮޓޯ: އެމްއެންޑީއެފް

ގުޅުންހުރި ޚަބަރު