ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރޯދަމަހު ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް
ޚަބަރު

ރޯދަމަހު ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

މމުހައްމަދު އަލީ3 މާރިޗު 2025
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ މިންވަރު ވަރަށްބޮޑަށް ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެންވީ ވިއްސާރަ ދުވަހަކަށްވެފައި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުން ކަމަށެވެ. އެގޮތުން ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށް ބުނެފައިވެއެވެ. "އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ރޯދަމަހުގެ ދެވަނަ ދުވަސްވެސް ދިޔައީ ފިނިދުވަހެއްގެ ގޮތުގައެވެ.

ގުޅުންހުރި ޚަބަރު