ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ވަޒީރުންނާ ސުވާލު ކުރުމަށް ރައީސް ހުރަސްއަޅުއްވާ: މީކާއީލް
ޚަބަރު

ވަޒީރުންނާ ސުވާލު ކުރުމަށް ރައީސް ހުރަސްއަޅުއްވާ: މީކާއީލް

މމުހައްމަދު އަލީ4 މާރިޗު 2025
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުރަސްއަޅުއްވަމުން އެމްޑީޕީގެ މަޖިލިސް މެންބަރު ގަލޮޅު ދެކުނުދާއިރާގެ މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ. މީކާއީލް މިހެންވިދާޅުވީ، ރައީސް މުއިއްޒުގެ ހުއްދަ ނެތި، ވަޒީރަކު ވެސް އަދި ސަރުކާރު ކުންފުންޏެއްގެ ވެރިޔަކު ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ޕީއެންސީ ޕީޖީ ގްރޫޕަށް އެންގުމާ ގުޅިގެންނެވެ. އެކަން އެގޮތަށް ރައީސް އެންގެވިކަން ޕީއެންސީގެ ޕީޖީގްރޫޕުގެ ބައެއް މެންބަރުން ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވައިފައެވެ. އެކަމާގުޅިގެން މީކާއީލް ވިދާޅުވީ، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާމެދު ސުވާލު ކުރުމަކީ މަޖިލިސް މެންބަރުންގެ އެންމެ އަސާސީ މަސްއޫލިއްޔަތު ކަމަށެވެ. "މިވަގުތުވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސް ހަމަވެ، މަޖިލީހަށް އެޖެންޑާ ނުކޮށްވާ ކިތަންމެ ސުވާލެއް އެބަވޭ،" މީކާއީލް ވިދާޅުވިއެވެ. އެއީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ނަތީކަމަށްވެސް މީކާއީލް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު