ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ކާށި ކިލޯއެއް ވިހި ރުފިޔާއަށް ވިއްކަން ފަށައިފި
ޚަބަރު

ކާށި ކިލޯއެއް ވިހި ރުފިޔާއަށް ވިއްކަން ފަށައިފި

މމުހައްމަދު އަލީ9 މާރިޗު 2025
ކާށި ކިލޯއެއް ވިހި ރުފިޔާއަށް ވިއްކަން އެސްޓީއޯއިން ފަށައިފިއެވެ. މިއީ ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މިއަގުގައި ސީދާ އާންމު މީހާއަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަމުން ގެންދާނެއެވެ. ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް ބާޒާރާ ނެރެމުން އަންނަ ކަމަށް އެސްޓީއޯއީން ވަނީ ބުނެފައެވެ. މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. އޭގެ ސަބަބުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެހެންކަމުން، ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް އެސްޓީއޯ މެދުވެރިވެ ދަނީ މަސައްކަތް ކުރަމުންނެވެ. ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލެވިފައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. "ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެއެވެ. ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެއެވެ. އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުންނެވެ."

ގުޅުންހުރި ޚަބަރު