ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެގެއަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ޚަބަރު

އެގެއަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ9 މާރިޗު 2025
މާލޭ ގަލޮޅުގެ ގެއަކަށް ރޭ 12:45 އެހައިކަންހާއިރު ހަތަރު މީހަކު ވަދެ އެގެއަށް ގެއްލުންދީފައިވާ މައްސަލައެއްގައި ކުށުގެ ވެށީން އެމީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހުންވަނީ ރޭ އެގޭ ވެރިމީހާއަށް އިންޒާރުވެސް ދީފައި ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ކޮންމެ މީހަކު ފަނަރަ ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ. މިމައްސަލާގައި ހިމެނެނީ
  • އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ)
  • ނ. ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)
  • ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ)
  • ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފް (21އ) އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު