ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ފަރުދުންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއްނެތް: މޭޔަރު
ޚަބަރު

ފަރުދުންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއްނެތް: މޭޔަރު

މމުހައްމަދު އަލީ10 މާރިޗު 2025
ދިވެހި ރައްޔިތަކަށް އަނިޔާ ކުރަމުންދާތަން ފެންނަ ވީޑިއޯއެއް އާންމުވުމުން އެކަމާ މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސޯޝަލް މީޑިޔާއިން އެ ވީޑިއޯ ފެނުމުން "އަޅުގަނޑު ނުހަނު ހިތާމަކޮށް އެ ކަމާ ނުހަނު ކަންބޮޑުވަން. މިއިން ދައްކައިދެނީ، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތްކަން،" މޭޔަރު ވިދާޅުވެފައިވެއެވެ. އާޒިމް ވިދާޅުވެފައިވަނީ މި ފަދަ ބިރުވެރި ޙާލަތަކަށް ދިވެހި މުޖުތަމަޢު ވެއްޓިގެންދިއުމަކީ، އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އެހެންކަމުން މި އަނިޔާލިބެމުންދާ ފަރާތް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑު ނުހަނު އިޚުލާޞްތެރިކަމާއެކު އިލްތިމާސް ކުރަން،" އާޒިމް ވިދާޅުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަ މީހާގެ ގައިގައި ތަޅަނީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ ބަޔަކު ނުވަތަ މީހަކު ކުރުވި ކަމެއް ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.  

ގުޅުންހުރި ޚަބަރު