ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
"ފައިސާ ޗާޕުކޮށްގެން ނެރެފިނަމަ އިންފުލޭޝަން އިންތިހާއަށް މަތިވާނެ"
ޚަބަރު

"ފައިސާ ޗާޕުކޮށްގެން ނެރެފިނަމަ އިންފުލޭޝަން އިންތިހާއަށް މަތިވާނެ"

މމުހައްމަދު އަލީ12 މާރިޗު 2025
މިވަގުތު ފައިސާ ޕްރިންޓް ކޮށް ބާޒާރަށް ނެރެފިނަމަ ގައުމުގެ އިންފުލޭޝަން އިންތިހާއަށް މަތިވެގެން ގޮސް ބޭރުފައިސާގެ އަގު އުފުލި މިއަދު މިއޮތް ހާލަތަށްވުރެ އެތައް ގުނައެއް ރައްޔިން ނިކަމެތިވާނެ ކަމަށް މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަންގެ ޗެއާމަން ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދުﷲ އަހުމަދު ވިދާޅުވީ މީގެ އިތުރުބް މުދަލުގެ އަގު އުފުލި ސީދާ ނިކަމެތި ރައްޔިތު މީހާ އިތުރަށް ނިކަމެތިވެގެންދާނޭ ކަމަށެވެ. ސައުދު މިހެން ވިދާޅުވީ އެމްއެމްއޭއަށް 22 ހެކްޓަރުގެ ބިން ގަންނަން 15 ބިލިއަން ރުފީޔާ ހޯދުމަށް ފައިސާ ޗާޕުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ އެމްއެމްއޭ އަކީ ވިޔަފާރި ކުންފުންޏެއް ނޫންކަމަށެވެ. "މިގައުމުގައިހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް މިސަރުކާރުން ފުނޑަމުން ގޮސް މިހާރު އެންމެފަހުން ގައުމުގެ ސެންޓްރަލް ބޭންކަށް މިވަނީ ވަދެގެންފައި،" ސައުދު ވިދާޅުވެފައިވެއެވެ. "މުއިއްޒު މަނިކުފާނު ކޮންފަދަ ހަސަދައެއްތޯ ރައްޔިތުންނަށް ތިޔަ ބާލަނީ،" ސައުދު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު