ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
އިހުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން ދަނީ އަރައިގަންނަމުން: މައުރޫފް
ޚަބަރު

އިހުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން ދަނީ އަރައިގަންނަމުން: މައުރޫފް

މމުހައްމަދު އަލީ12 މާރިޗު 2025
ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން އެކަން ކުރަން އިހުތިޖާޖު ކުރަން ނުކުތުމުން އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ނާއިބު ޕީޖީ ލީޑަރ މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ތެރެއިން އެކަން ނުވެގެން މަގުމައްޗަށް ނުކުމެ ހަރަކާތްރިވާން ފެށުމުން ފުލުހުން މެދުވެރިކޮށް ސަރުކާރުން ގެންދަނީ އިހުތިޖާޖު ކުރާ މީހުންނަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިހުތިޖާޖުގައި އިސްކޮށް އުޅޭ މީހުންގެ މައްޗަށް ކަންތައްތަކެއް ތުހުމަތުކޮށް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ވަރަށްދެރަ ކަމެއް ކަމަށާއި މިކަންކަން ހައްލު ކުރެވެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރުންނާ ސުވާލު ކުރަން  މަޖިލީހަށް ހާޒިރު ކުރަން އުޅުމުން އެކަމަށް ރައީސް މުއިއްޒުގެ ފަރާތުން ހުރަސް އަޅަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނާއިބު ހުސައިން ޒިޔާދު ވިދާޅުވީ މިހާރުވެސް ވަޒީރުންނާ ކުރަން ބޭނުންވާ ބައިވަރު ސުވާލު އެބަހުރިކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން އެދުމުން މައިނޯރިޓީއަށްވީތީ އެއްވެސް އަޅާލުމެއްނެތް ކަމަށް ވިދާޅުވިއެވެ. ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ ކަރަންޓު ބިލް ބޮޑުވާ މައްސަލައިގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ދެމަފިރިއަކު އުޅޭގެއެއްގެ ކަރަންޓު ބިލް ސާދަ ސަތޭކަ އަށްވުރެ ގިނަ ރުފިޔާ އަރާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަހުން އެއަދަދު ދެ ހާހަށްވުރެ ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިހެން މިވަނީ މެނުއަލްކޮށް ބިލް ނުހަދާތީ ކަމަށް ރައްޔިތުން ދަނީ ބުނަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ކުރިން ބިލްހެދި ގޮތަށް ގޭގެއަށް ގޮސް ރީޑިން ނަގައިގެން ބިލް ހެދުމަށް ރައްޔިތުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު